މަސް ގަންނަ އަމިއްލަ ފަރާތްތަކުގެ ދައުރުވެސް ފުޅާކޮށް ގޮތްތަކެއް ހޯދައިދޭނެ ކަމަށް އިކޮނިމޮކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިފްކޯއިން މަސްގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާއި ގުޅިގެން އެންސިސް ފިޝަރީޒް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް އެންސިސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ވާހިދު މީޑިއާގައި ވިދާޅުވެފައިވަނީ 25 ރުފިޔާއަށް މަސްގަނެ ވިއްކަން ޖެހޭނީ ގެއްލުމުގައި ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

އެކަން އެގޮތަށް ކުރެވެން އޮތީ ސަރުކާރުން ލިބޭ ގެއްލުމުގެ ބަދަލު ދޭނަމަ ކަމަށް ވާހިދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މި ސިނާއަތުގައި ފުޅާކޮށް، އެމީހުންނަށް ފައިދާވާނެ އިތުރު ގޮތްތައް ހޯދައިދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަހުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމީ ގިނަ މަސްވެރިންގެ އެދުމުގެ މަތިންނެވެ. މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ކެޔޮޅުންނާއި ރައީސް ބައްދަލުކުރެއްވުމަށްފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *