ރައީސް އާއި ގާސިމް މާމިނގިލީ އެއާޕޯޓްގައި - ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ އާއި ވެސް ނުގުޅުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.

"ޖޭޕީން ނިންމީ އެއްވެސް އަތަކަށް ނާރަން" ކަމަށް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ.

މި ކައުންސިލް ބައްދަލުވުން ނިންމަވާލައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ މިފަހަރު އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓްކޮށް ތިބެފައި މަސައްކަތް ކުރާނީ ޖޭޕީ ކުރިއަރުވަން ކަމަށެވެ.

ކެމްޕޭންގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓްތައް ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ހުރިހާ ވާހަކަ އެއީ ތެދު ވާހަކަ ކަން އަޅުގަނޑުމެންނަށް ޕްރޫފްވާތީ އާއި އެކީގައި މިފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓްކޮށް ތިބޭނީ. ތިބެފަ އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ ޕާޓީ ކުރިއަރުވަން."

ދެވަނަ ބުރަށް ޤާސިމްގެ ތާއީދު ހޯއްދެވުމަށް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރައީސް ސޯލިހު ވަނީ ސަން އައިލެންޑް ރިސޯޓްގައި މަޝްވަރާތައް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *