ކުޅުދުއްފުށީ ސިޓީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ރޯވި ސައިޓް ބޭނުން ނުކުެެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ކުޅުދުއްފުށީ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން އެރަށު ހިއްކި ބިމުގައި އަލިފާނުގެ މި ހާދިސާގައި އެކޮމޮޑޭޝަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިފަވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ ވެލިގަނޑުގައި އިމާރާތްކުރާ ޓަވަރުތަކުގެ މަސައްކަތްކުރާ ސައިޓްގެ އެކޮމޮޑޭޝަން ބުލޮކެއްގައެވެ.
ހާދިސާގައި މީހަކަށް އަނިޔާވެފައިނުވި ނަމަވެސް އަލިފާން ނިންވާލުމުން އެތަނުގައި ހުރި ބައެއް ސާމާނު ނެރެން އުޅުން އެކި މީހުންނަށް ކުދި އަނިޔާތައް ވަނީ ލިބިފައެވެ. އަނިޔާ ލިބުނު މީހުންނަށް ރެޑްކުރެސެންޓުން ވަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހާދިސާ ހިނގި ވަގުތު އެތަނުގައި ގިނަ މީހުން ނެތް ނަމަވެސް ބައެއް މީހުން ނިދާފައި ތިއްބެވެ.
100 އަށްވުރެގިނަ މީހުން ބޭނުންކުރާ މި އެކޮމޮޑޭޝަން ބުލޮކަކީ 150 މީހުންގެ ޖާގައިގެ ތަނެކެވެ. ދޮންބޭޒް ކުންފުނީގެ މި ސައިޓްގެ އެކޮމޮޑޭޝަން ބޭނުންކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.
ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް މިއަދު މެންދުރު 14:35 ހާއިރު ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައެވެ.