ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔާ ސްޓޭޝަނަށް މިއަދު މެންދުރު 14:35 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އަލިފާން ރޯވީ، ހުޅުމާލެ ހިއްކި ބިމުގައި ހަދާ މިސަރުކާރުން އިމާރާތްކުރާ 11 ބުރީގެ 5 ޓަވަރުގެ މަސައްކަތް ކުރާ މީހުން ތިބޭ ލޭބަރ ކުއާޓަރުގައެވެ.

މިއީ ސަރުކާރުން އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިންގ ޕްރޮޖެކްޓެވެ. 439 މިލިއަން ރުފިޔާއަށް މި ޕްރޮޖެކްޓް މިދިޔަ އަހަރުގެ ޖުލައިމަހު، ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޑެޓްގެ ވެންޗާ ކުންފުނިކަމަށްވާ ޓްވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓަރަކް އާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *