ރިޔާސީ އިންތިޚާބުގެ ވޯޓުލުން / ފޮޓޯ: ވަން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އައިސްފާނެކަމަށާއި، ނަމަވެސް ވޯޓު ފޮށި ބަހައްޓާ އެއްވެސް ތަނަކަށް ބަދަލު ނާންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު އިލެކްޝަން ކޮމިޝަނުުން ބުނީ ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ރީ- ރެޖިސްޓަރކުރުމަށް ހުޅުވާލާފައިވާ ފުރުޞަތު ހަމަވުމުން، ރީ-ރަޖިސްޓްރީކުރި އަދަދު ބަލާ ފާސްކޮށް، ފޮށީގެ އަދަދު އިތުރުކުރަންޖެހުނު ނަމަވެސް، ވޯޓުފޮށި ބަހައްޓާ ތަންތަނަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށެވެ.

މި ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު އިލެކްޝަންސް އިން ބުނީ ރިސޯޓް ނުވަތަ އިތުރު ޤައުމުތަކުގައި އާ ވޯޓު ފޮށި ނުބަހައްޓާގޮތަށް ނިންމާފައިވާކަމަށެވެ. ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ އެއީ އިތުރު ޤައުމެއްގައި ވޯޓް ފޮއްޓެއް ބެހެއްޓޭ ވަރަށް މީހުން ރެޖިސްޓްރީ ކުރާނެ ކަމަށް ނުބެލެވޭތީ ކަމަށެވެ. ހަބީބު އިތުރަށް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ފޮއްޓަކަށް ވޯޓުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލުމަށް ރެޖިސްޓަރކޮށްފިނަމަ، އިތުރު ވޯޓު ފޮއްޓެއް އެ ރަށެއްގެ އެތަނެއްގައި ބަހައްޓާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ސެޕްޓެމްބަރު މަހު 30 ހުގައި ބާއްވާއިރު ދެވަނަ ބުރު ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282803 (ދެ ލައްކަ އަށްޑިހަ ދެ ހާސް އަށްސަތޭކަ ތިނެއް) މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *