ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމު ކުރި މާލެ ސަރަހައްދުގެ އިމަޖެންސީ ބެކަޕް ޕަވަރޕްލާންޓް - ފޮޓޯ: ސްޓެލްކޯ

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ، ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާލެއިން މިއަދު މެންދުރު 14:00 އިން 16:00 އާއި ދެމެދުގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެގޮތުން ހެންވޭރުގެ ރަތްވިލާ ހިނގުމާއި، މޫނިމާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތްމަގު އަދި ބުރުޒުމަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *