އިއްޔެ ހުކުރު ނަމާދަށް ދާން ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން، ގެއްލިގެން އުޅޭ މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ ހއ. ދިއްދޫ، ގުލްފާމްގެ އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.

މާހިރުގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާ ހުކުރަށް ދާން ނުކުތްއިރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއް ކަމަށެވެ.

އިސްމާއިލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *