ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް - ފޮޓޯ: އަވަސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ޤާސިމް އިބްރާހީމް އާއިދެޗަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށއ، ސަން އައިލެންޑް ރިސޯޓުގައި ދެ ދުވަސް ހޭދަކުރައްވާފައެވެ. ނަމަވެސް މަޝްވަރާތަކުގެ ނަތީޖާއާއި ބެހޭ ގޮތުން ދެ ޕާޓީން ވެސް އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭ އަދަދަށް ވޯޓު ލިބިފައި ނުވުމާއިއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 30 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވާދަކުރައްވާ ދެ ޕާޓީންވެސް އަންނަނީ އެހެން ޕާޓީތަކާއިއެކު މަޝްވަރާ ކުރައްވަމުންނެވެ.

މިހާތަނަށް ޑރ. މުހައްމަދު މުއިއްޒާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ.  ދެން ވާދަކުރެއްވި އުމަރު ނަސީރާއި، ފާރިސް މައުމޫން އަދި ހަސަން ޒަމީލް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާފައެއް ނުވެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *