ކޮމެޑީ ފިލްމް ކުޅެން ޝައުގެއް ނެތް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކީރް ބުނެފިއެވެ.
ބޮލީވުޑްގެ މީޑިއާއަކަށް މައުލޫމާތުދެމުން އަނޫޕަމް ބުނީ އެނާ މިހާރު ކޮމެޑީ ފިލްމް ކުޅެން ބޭނުން ނުވާކަމަށާއި އަދި އެ ޖޯންރާގެ ފިލްމް ކުޅުމަށް ޝައުގު މިހާރު ނެތްކަމަށެވެ. އޭނާގެ ފިލްމީ އިންޑަސްޓްރީން ކުރިއަރަމުން އައީ މަޖާ ރޯލްތަށް ކުޅެމުންނަމަވެސް އަނޫޕަމް ބުނީ އޭނާ ގެ ފިލްމީ ކެރިއާގެ މިހިސާބުން ދެން ކުޅެން ބޭނުންވަނީ ބޮޑަށް ސީރިއަސް ރޯލްތަށްކަމަށެވެ.
އިންޑިއަން އެކްސްޕްރެސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އަނޫޕަމް ވިދާޅުވީ އޭނާ ގެ ފިލްމް އިންޑަސްޓްރީ އެއްކޮށްހޭދަކުރީ ކޮމެޑީ ފިލްމް ކުޅުމުގައިކަމަށާއި އޭނާއަށް ލިބުނު ހުރިހާ ކޮމެޑީ ރޯލެއްވެސް ކުޅުނީ ވަރަށް ގަޔާވެގެންކަމަށެވެ. އަނޫޕާމާ އިތުރަށް ބުނީ އޭނާ އެކި ރޯލްތަށް ބަލަނީ ފޯރިގދަ ޗެލެންޖެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ކޮމެޑީ ފިލްމް މިހާރު ކުޅެންޖެހިއްޖެ ނަމަ އެ ފޯރިއެއް އޭނާއަށް އިހުސާސް ނުވާކަމަށެވެ.
މީގެ އތުރުން އަނޫޕަމް ބުނީ އޭނައަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ކޮމެޑީ ރޯލްތައް ކުޅުން މީހެއްކަން ހަދާންވުމުން އޭނާ މިހާރު ހައިރާންވެސް ވާކަމަށެވެ. ކޮމެޑީ ރޯލެއް ކުޅުމަކީ އެހާ ފަސޭހަކަމެއްވެސް ނޫންކަމަށާއި ހާއްސަ ޓްރެއިނިންގް ލިބިފައިވާ އެކްޓަރަކަށް ވާނަމަ ކޮމެޑީ ރޯލެއް ކުޅެލަން ވަކިކަހަލަ ހުނަރެއްވެސް ހުންނަން ޖެހޭނެކަމަށެވެ.
އިންޓަވިއު ނިންމާލަމުން އަނޫޕަމާ ބުނީ އޭނާ މުޅިއަކުން ކޮމެޑީ ރޯލް ކުޅުން ހުއްޓާލީކީ ނޫންކަމަށާއި އަދިވެސް އޭނާ އަށް ގަޔާވާ ކަހަަލަ ވަރުގަދަ ކޮމެޑީ ރޯލެއް ލިބިއްޖެނަމަ މަދުމަދުންނަމަވެސް އޭނާ އެ ކަހަލަ ރޯލްތައް ކުޅުމަށް އެއްބަސް ވާނެ ކަމަށެވެ.
މިހާރަކަށް އައިސް އަނޫޕަމް އިންޑިއާ ސިނެމާއިން ވަރަށް ތަފާތު ރޯލްތަކުން ފެންނަމުން ދާނަމަވެސް ކުރީގި މަޝްހޫރު ފިލްތަށް ކަމަށްވާ "ކެއިސޭ ކިޔާ މޭނޭޔޭ" އަދި "ދިލް ހޭ ކީ މާންތާ ނަހީ"ފަދަ ފިލްމްތަކުން އަނުޕާމާ ވަނީ ބެލުންތެރިންނާއި ސަޕޯޓަރުން ހެއްވާލާފައެވެ.