ހިޔާ ފްލެޓްތަކަށް ފޯމް ދޫކުރަނީ - ފޮޓޯ: ޕީއެސްއެމް

2018 ގައި އޭރުގެ ސަރުކާރުން ލިޔުން ދޫކޮށް، ބޯހިޔާވަހިކަން ނުލިބުނު މީހުންގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ގޯތި ނުވަތަ ފްލެޓް ލިބޭކަމަށް ގިނަ އަދަދެއްގެ ބަޔަކަށް ލިޔުން ދޫކޮށްފައިވާކަމަށެވެ.

ފުށިދިއްގަރުފަޅު ހިމެނޭހެން އެކި މަޝްރޫޢުތަކުގައި 11000 ހާ މިހުންނަށް ސަރުކާރުން ލިޔުން ދޫކުރިކަމަށް ބެލެވޭކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެން ނަމަވެސް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން މީހުން ދިރިއުޅޭވަރަށް ނިމި، ބޭނުންކުރަން ފަށާފައިވަނީ ހިޔާގެ 7000 ޔުނިޓެވެ.

މި މައްސަލައާއި ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މީގެ ގިނަ ލިޔުންތަކާއި އެއްބަސްވުންތަކަކީ މިނިސްޓްރީިގައި އޭގެ ރެކޯޑްތައްވެސް ނެތް ލިޔެކިޔުންކަމަށެވެ. އަދި އޭރު އެކަން ކޮށްފައިވަނީވެސް، އެކަށީގެންވާގޮތަށް އެ މަޢޫލޫމާތު ބެލެހެއްޓޭނެ ގޮތެއްވެސް ނުހޯދާކަމަށެވެ.

ކުރީ ސަރުކާރުން އެކަން އެގޮތަށް ކުރި ނަމަވެސް މި ސަރުކާރުން ދޫކުރަމުންދާ ފްލެޓާއި ގޯތީގެ ލިޔުންތަކަކީ، އޭގެ ރެކޯޑްތައް ބެލެހެއްޓި އަދި ޤާނޫނީ ހަމަތަކުގެ މަތިން ދޫކުރަމުންދާ ލިޔުންތަކެއް ކަމަށް އާރިފް ވިދާޅުވިއެވެ. އަދި ސަރުކާރު ބަދަލުވިއަސް މި ލިޔެކިޔުންތައް އުވާލެވިގެން ނުވާނެކަމަށް އާރިފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *