ހެއްކާއި ބެހޭ ގާނޫނާއި ދެކޮޅަށް ނޫސްވެރިން އިހްތިޖާޖު ކުރުން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މި ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސީލިހް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ، ހަގީގީ ޑިމޮކްރެސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ ޒިންމާދާރުވާންޖެހޭ މިނިވަންކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުން ބާރުވެރިކުރުވުން ކަމަށޭވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. މީގެ އިތުރުން ޤައުމުގެ ކަންކަމުގައި ބަސް ބުނެ ޚިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ޤާއިމުކުރުމަށެވެ. އެހެންކަމުން އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާ އިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެސީ ދުވަހާއި ގުޅިގެން ރައީސް ދެއްވި ހިތާބުގައި، ރައީސް ވަނީ ދިވެހިންގެ މެދުގައި ޑިމޮކްރެސީގެ ހަމަތައް ދިރުވައި އާލާކޮށް، ޑިމޮކްރެސީގެ އުޞޫލުތައް ނެގެހެއްޓުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށްވެސް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *