ރައީސް އާއި ގާސިމް މާމިނގިލީ އެއާޕޯޓްގައި - ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން ދެ ދުވަސް ހޭދަކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މާލެއަށް ވަޑައިގެންފިއެވެ.

ރައީސް މިއަދު އެނބުރި މާލެ ވަޑައިގެންނެވި ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދިވެސް ހުންނެވީ ސަންއައިލެންޑް ރިސޯޓުގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާޞުކުރެވޭ އަދަދަކަށް ވޯޓު ލިބިފައެއްނުވެއެވެ. އެހެން ކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް މި މަހުގެ 30 ވަނަ ދުވަހު ވަނީ ބާއްވަން ހަމަޖެހިފައެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިލެއްވި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަޒު މުޢިއްޒު އާއި ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބިލެއްވި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އެވެ.

މި މަހުގެ 30 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވާދަކުރައްވާ ދެ ޕާޓީންވެސް އަންނަނީ އެހެން ޕާޓީތަކާއިއެކު މަޝްވަރާ ކުރައްވަމުންނެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ގާސިމް އާއިއެކު މަޝްވަރާ ނުކުރެއްވުމަށް އެ ކޯލިޝަނަށް އަންގަވާފައި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވި ނަމަވެސް، މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން ދެ ޕާޓީން ވެސް އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *