ނިޕާ ވައިރަސްގެ ނުރައްކާ ބޮޑުވެ ކެރެލާގެ ސްކޫލްތައް ބަންދުކޮށް, ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޒިކޯޑެ ޑިސްޓްރިކްޓުން ނިޕާ ވައިރަސްގައި ދެމީހަކު މަރުވުމާ ގުޅިގެން އެ ސްޓޭޓުގައި ވަނީ އެލާޓް ނެރެފައެވެ.

ކެރެލާގެ ޗީފް މިނިސްޓަރު، ޕިނާރާއީ ވިޖާޔަން ވިދާޅުވީ އެ ސްޓޭޓުގެ ސްކޫލްތައް ބަންދުކޮށް ރެންޑަމްކޮށް މީހުން ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނުވާ މި ވައިރަސް އެ ސްޓޭޓްގައި މިއީ ފެތުރެންފެށި ހަތަރު ވަނަ ފަހަރު ކަމަށް ޗީފް މިނިސްޓަރު ނެރުއްވި ބަޔާނރއްގައި ވަނީ ބުނެފައެވެ. އެހެންކަމުން މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކެރެލާގައި މަރުވި ދެ މީހުންނާ ގުޅުން ހުރި 700 މީހުން ވަނީ މިހާރު ޓެސްޓު ކޮށްފައެވެ. އަދި މި ދެ ކޭސް އާއި ގުޅުންހުރި 77 މީހުން ވަނީ ހައިރިސްކު ވުމުގެ ސަބަބުން ކަރަންޓީނު ކޮށްފައެވެ.

ކެރެލާގެ ކޮޒިކޯޑެ ސްޓޭޓްގެ ވިލެޖް ސަރަހައްދުގެ ހަތް ވިލެޖެއް ވަނީ ނުރައްކާ އޮތްކަމަށް ބެލެވޭތީ ބަންދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *