ކުޅުދުށްފުށި ސިޓީ "ރޯނު" ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ރޭ 2:30 ހާއިރު ރޯނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ވަނީ ބޯޑެތި ގެއްލުންތަކެއް ވެފައެވެ.

ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ ކުޅުދުށްފުށި ސިޓީ "ރޯނު" ގޭގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ކުޅުދުށްފުށި ސިޓީ ކައުންސިލާއި ގުޅިގެން ހަމަޖައްސައިދީފައިވާކަމަށެވެ. އެ ގޭގައި ދިރިއުޅެމުން ދިޔައީ ހދ.ނޮޅިވަރަމަށް ނިސްބައްވާ އާއިލާއެކެވެ.

އެންޑީއެމްއޭއިން ވިދާޅުވީ "ރޯނު"ގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ގުޅިގެން ކުރަމުންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *