ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތަކުން ރިއަލް އެސްޓޭޓް ޓެކުހެއް ނަގަން ޓޫރިޒަމާއި ބެހޭ ގާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ.

ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ ޓޫރިސްޓު ރިސޯޓެއްގެ ނުވަތަ އިންޓަގްރޭޓޭޑް ޓޫރިސްޓު ރިސޯޓެއްގެ ވިލާ އެއް ނުވަތަ ކޮޓަރި އެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާ އެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކާލުމުގެ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ޓޫރިޒަމް ރިއަލް އެސްޓޭޓު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.

ބިލުގައިވާ ގޮތުން ރިއަލް އެސްޓޭޓް ޓެކްސް ދެއްކުމުން އެ ވިލާއަކުން ދައްކަންޖެހޭ ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެއެވެ.

މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްްޓްރީން ވަނީ ޓޫރިސްޓު ކޮޓަރި އާއި ވިލާ ދިގު މުއްދަތަށް ދޫކުރުމާބެހޭ ގަވާއިދު އާންމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *