އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ކޮމަންވެލްތު ސްކޮލާޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ މި ފުރުސަތުގައި މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއްގައި އިނގެރޭސިވިލާތުން ކިޔެވުމަށް ދެ ދަރިވަރަކަށް ފުރުސަތު ލިބޭނެކަމަށާއި ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ނޮމިނޭޓް ކުރާ ދެ ކެންޑިޑޭޓުންގެ ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތްތަކުން ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.

މި ސްކޮލާޝިޕްގެ ޝަރުތުތަކުގައި ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއި، ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަން (ސީއެސްސީ) ގެ ވެބްސައިޓުގައި ކޯހާ ގުޅޭ ގޮތުން އިތުރު ޝަރުތެއްވާ ނަމަ، އެ ފުރިހަމަވެފައިވުމާއި މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ލޯނެއް ނަގާފައިވާ ނަމަ، ގަވާއިދުން އެ ދައްކަމުން ގެންދިޔުމާއި އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުން އަދި އެ ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން ނުދިޔުންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ސްކޮލާޝިޕް ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ އެންމެ މަތިން އެކަޑެމިކް މެރިޓް ޕޮއިންޓު ލިބޭ ދަރުވަރުންނަށާއި އަދި އަދި މެރިޓް ޕޮއިންޓު އެއްވަރުވެއްޖެ ނަމަ ދެން އިސްކަންދޭނީ އެންމެ މަތީ ސެޓްފިކެޓް ހާސިލްކުރުމަށްފަހު ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ކަމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 26، ގެ 13:30 ގައި ކަމށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *