ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުމުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެފަރާތްތަކުން ވޯޓުލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކޮށްގެންކަމަށްވާއިރު، މިއީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ.

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުން ފަހިކޮށްދިނުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 19 ޖޫން 2023 ގައެވެ. އަދި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ، 22 ޖޫން 2023 ގައެވެ.

މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެކަމަށް އިސްލާޙުގައިވެއެވެ.

އިލެކްޝަންސް އިން ބުނީ މި އިސްލާހަކީ ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި އަދި އިންތިޚާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުން ފަހިކޮށްދިނުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 19 ޖޫން 2023 ގައެވެ. އަދި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ، 22 ޖޫން 2023 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *