ރައީސް އާއި ޤާސިމް މަޝްވަރާއަށް ސަން އައިލެންޑް ރިސޯޓުގައި - ފޮޓޯ: މައިމޫން

ސެޕްޓެމްބަރު 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ޖޭޕިގެ ލީޑަރު ޤާސިމް އިބްރާހިމް ތާއީދު ކުރައްވަފާނެ ކަމުގެ "އިޝާރާތެއް" ލިބިއްޖެއެވެ.

ރައީސް އާއި ގާސިމް މާމިނގިލީ އެއާޕޯޓްގައި - ފޮޓޯ: ޖޭޕީ

ޖޭޕީގެ ލީޑަރާއި ބައްދަލުކުރެއްވުމަށް ރައީސް ސޯލިހު ހުންނެވީ ސަން އައިލެންޑް ރިސޯޓުގައެވެ. ރައީސް އިއްޔެ ސަން އައިލެންޑަށް ވަޑައިގެންނެވުމަށް މާމިނގިލި އެއާޕޯޓަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ޤާސިމް އާއި ޤާސިމްގެ އެޑްވައިޒަރުންނެވެ.

ރައީސް އާއި ގާސިމް މާމިނގިލީ އެއާޕޯޓްގައި - ފޮޓޯ: ޖޭޕީ

ޤާސިމް އާއި ރައީސް، ސަން އައިލެންޑްގައި މިއަދުވެސް ބައްދަލުކުރައްވާ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. އިންތިހާބުގެ ނާކާމިޔާބީއަށްފަހުވެސް ޤާސިމް ހުންނެވީ ގައުމައިގެން ކުރިޔަށް ވަޑައިގެންނެވުމުގެ އަޒުމުގައި ކަމަށް ޖޭޕީން ބުނެއެވެ.

ރައީސް އާއި ގާސިމް މާމިނގިލީ އެއާޕޯޓްގައި - ފޮޓޯ: ޖޭޕީ

ރައީސް އާއި ޤާސިމާއި ދެބޭފުޅުންގެ މަޝްވަރާއާއި ގުޅޭ ތަފްސީލެއް އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެއެވެ. ޖޭޕީން ބުނެފައިވަނީ ޤާސިމް ނިންމަވާ ގޮތެއް ސާފުވިހާ އަވަހަކަށް އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *