ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އަލަށް ވޯޓުލެވޭ 408 ޒުވާނުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282803 ކަމަށެވެ.

ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނެނީ 282395 މީހުންނެވެ. މީގެ އިތުރަށް ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް 2023 ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެން، 212 ފިރިހެނުން ވަނީ އިތުރުކޮށްފައެވެ.

އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާއިރު މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރ 15 ން ސެޕްޓެމްބަރ 17 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *