ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަހީމް - ފޮޓޯ: ޕީޖީ

"ދިޔަރެސް" ނޫހުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު ހުސެއިން ޝަމީމަށާއި، ޕީޖީ އޮފީހަށް ނިސްބަތްކޮށް ލިޔެފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ދިޔަރެސް ނޫހުގައި ބުނެފައިވަނީ ހާއްސަކޮށް ރައީސް ޔާމީނާއި ގުޅޭ މައްސަލަތަކުގައި ހުރި ބައެއް ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށާއި، އެ މައްސަލާގައި ހަރަކާތްތެރިވި ބައެއް ޕްރޮސެކިއުޓަރުންނަށް ޕްރޮމޯޝަން ދިނުމަށްވެސް ޝަމީމް މަސައްކަތްކުރައްވަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ތަމްރީނެއް ހަދަން ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދާން މަސައްކަތްކުރާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މި ހުރިހާ ތުހުމަތެއް ޕީޖީ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތި ކަމަށާއި އަދި މައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތިކަމަށެވެ. އަދި ޕީޖީ އޮފީހުން ބުނީ މި އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަ ގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫންކަމަށެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެއްކަމަށާއި އަދި އެ އިދާރާގެ ލިޔުންތަކަކީ ވަކި ހަމައަކުން އާރކައިވް ކުރެވެމުންދާ ތަކެތިކަމަށެވެ. ޑިޖިޓަލް އަދި ފިޒިކަލްކޮށްވެސް އެތަކެތި އާރކައިވް ކުރެވޭކަމަށް އެ އޮފީހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *