ބިލު ހުށައެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންނަށް ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަަކަދައްކަވަމުން ޝިޔާން ވިދާޅުވީ ދިމާވާ ކުޑަކުޑަ މައްސަލައަކުން އެ މައްސަލައިގައި ތާއަބަދަށް ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށާއި މިވަގުތު ދަ ޑިމޮކްރެޓްސްގައި ތިއްބެވީ މި ރާއްޖޭގެ 30 އަހަރުގެ ވެރިކަން ބަދަލުކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ބައިވެރިވި ބޭފުޅުންތަކެއް ކަމަށެވެ.

ޝިޔާން އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީ، ކުރިއަށްގެންދާ ތަރައްގީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، އެކަންކަން ނިންމަންޖެހޭ ކަމަށާއި އެހެންނޫނީ މި ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ދަ ޑޮކްރެޓްސްއަށް ސޮއިކުރި ފުރަތަމަ މެންބަރުންގެ ތެރޭގައި ޝިޔާން ހިމެނިވަޑައިގެންނެވި ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރު ފެށެން ގާތްވެފައި ވަނިކޮށް، ޝިޔާން ވަނީ އެ ޕާޓީ ދޫކޮށް އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް ސޯލިހާއި މުއިއްޒު މިހާރު ގެންދަވަނީ ކޯލިޝަން ހެދުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *