ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ވެސްޓިން ހޮޓެލް އެންޑް ރިސޯޓްސް ގެ އެހީތެރިކަމާ އެކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިކަން އިފްތިތާހުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ވޯޓަ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވައިފައިވަނީ އެތަކެއް ކާމިޔާބީއާއި މެޑަލްތަކެއް ހޯދައިފައިވާ އެމެރިކާގެ މަޝްހޫރު ޕެރަ އެތުލީޓެއް ކަމަށްވާ ގްރެގަރީ ބާންސް އެވެ.
ސުވިމިން އެސޯސިއޭޝަނުން ބުނީ ޕެރަ ސުވިމިންގެ ހަރަކާތްތައް ރާއްޖޭގައި ފެށުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެތުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި އަދި އެފަރާތްތަކަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު މުސްތަގްބަލްގައި ދެން ފަހިވެގެންދާނެކަމަށެވެ.
ޕެރަ ސްޕޯޓްސް ރާއްޖެއަށް ކުރިން ތައާރަފުކޮށްފައި ވަނީ ދުވުމާއި ޕެރަ ބެޑްމިންޓަން ކަމަށްވާއިރު ޕެރަ ސްވިމިން އަކީ ޕެރަ ކުޅިވަރުތަކުގެ ތެރެއަށް ތައާރަފުކުރި ތިން ވަނަ ޕެރަ ސްޕޯޓްސް އެވެ.