ރަޝިއާ ބޮޑު ކާމިޔާބީއަކާއިއެކު މޮޅުވާނެކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ އަންގާރަ ދުވަހު ރަޝިއާއަށް ޕްރައިވެޓް ޓްރެއިނެއްގައި ވަޑައިގެންފައެވެ. އަދި ބުދަ ދުވަހު ރަޝިއާގެ ރައީސް ޕުޓީން އާއި އެކު ކިމް ވަނީ ޝާހީ ކެއުމަކާއިއެކު ބޮޑު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ޕޫޓިން އާއި ކިމްގެ ބައްދަލުވުން ބާއްވާފައިވަނީ ރަޝިޔާގެ އިރުމަތީގައި އޮންނަ ވޮސްޓޮޗްނީ ކޮސްމޮޑްރޯމް އޭ ކިޔާ ތަނެއްގައެވެ. މަޝްވަރާގައި ޕުޓިން ވަނީ ޔޫކްރެއިން އާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ރަޝިޔާ، ހުޅަނގުގެ ގައުމުތަކާއި އެކަހެރިވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމަށް ޖަވާބެއް ދެއްވަމުން ކިމް ވިދާޅުވީ ރަޝިއާ އަކީ އަބަދުވެސް ސަގާފަތެއްހެން ކާމިޔާބު ހޯދާ ބަޔަކަށް ވާކަމުން ރަޝިއާގެ ސިފައިންނާއި ރައްޔިތުން، ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުން ދާ މި ހަނގުރާމައިގައިވެސް އެގައުމު ބޮޑު ކާމިޔާބަކާއިއެކު މޮޅުވާނެކަމާއި މެދު ޝައްކެއްވެސް ނެތްކަމަށެވެ. ކިމް އިތުރަށް ވިދާޅުވީ ރަޝިއާގެ އަސްކަރީ އޮޕަރޭޝަންތަކުގެ ދެ ސަރަހައްދުގައިވެސް އެމީހުންގެ މަތިވެރި ކަރާމާތާއި ޝަރަފު ދައްކައި ގައުމު އިތުރަށް ވަރުގަދަވާނެކަންވެސް އޭނާ ގަބޫލު ކުރައްވާކަމަށެވެ.

ރަޝިޔާގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމްގެ ވާހަކަފުޅުގައި އޭނާ ވަނީ ހާއްސަކޮށް ރަޝިޔާގެ "އަސްކަރީ އޮޕަރޭޝަން" އަށް އިޝާރާތް ކޮށްފައެވެ. އެއީ ރަޝިއާ އިން ޔޫކްރެއިން އާއި ދެކޮޅަށް ބޭނުންކުރާ ލަފްޒެއްކަމަށް މީޑިއާތަކުން ބުނެއެވެ.

މީގެ އިތުރުން ރަޝިއާއިން އުތުރު ކޮރެއާއިން އުފައްދާ ވަޒަން ގަތުމަށް ޝައުގުވެރިވެ މި ތަކެތި ޔޫކްރެއިންއާއި ދެކޮޅަށް ކުރާ ހަގުރާމައިގައި ބޭނުން ކުރުމަށް ހިޔާލުފާޅުކުރެވިފައިވާތީ އެމެރިކާގެ ތަޖުރިބާކާރުންނާއި އޮފިޝަލުން ވަނީ މިކަމާއިމެދު ދެކޮޅު ހަދާ ރަޝިއާއަށް އިންޒާރު ދީފައެވެ. އެއީ ދަތިކުރުމުގެ ފިޔަވަޅަކަށް ވެފައި ހަތިޔާރީ އެއްބަސްވުމަކަށް ވެގެން ގޮސްދާނެތީ ކަމަށް މީޑިއާތަކުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *