އިސްކަންދަރު ސުކޫލު ހޯލުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ޚިލާފުވި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ވޯޓުލީ ދުވަހު އެކޮމިޝަނުން ދަޢުވަތު އަރުވައިވެގެން ވަޑައިގެންނެވި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްޞީލުކުރާ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަކޮށްފައިވާކަމަށެވެ.

އެހެންކަމުން ދެ ފަރާތުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާތީ، ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު 2 އިންތިޚާބުގައިވެސް އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، ނުވަތަ އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާއިންވަނީ ނިންމާފައިވާކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ސިޔާސީ ޕާޓީއެއްގެ ފަރާތުން ހަރަކާތްތެރިވި އޮބްޒާވަރަކާއި މަންދޫބެއް ސުލޫކީ މިންގަނޑާއި ޚިލާފުވުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާއިރު، އެމީހުން ތަމްޞީލުކުރި ސިޔާސީ ޕާޓީއެއް ކޮމިޝަނުން ހާމަކުރައްވާފައެއްނުވެއެވެ. ނަމަވެސް މި ދެ ފަރާތުގެ ބަދަލުގައި އެހެން ދެބޭފުޅުން އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރިވުމުގެ ފުރުސަތު އެޕާޓީއަށް ދިނުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް އިލެކްޝަންސްއިްނ ބުނެއެވެ.

މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1700 އަށްވުރެ ގިނަ ފަރާތުން ވަނީ ހަރަކާތްތެރިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *