ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބުގެ މަގާމުގައި ހުންނެވި ނައުޝާދު ވަހީދު ހަސަން މަނިކު އެ މަގާމުން ވަކިކޮށްފި އެވެ.
ނައުޝާދު މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަނީ މީގެ ދެ ދުވަސް ކުރިން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލާއި ސަރުކާރަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނައުޝާދު ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ނައުޝާދު އަބަދުވެސް ފާހަގަވެފައިވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
ނައުޝާދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާއިލާ ބޭފުޅެކެވެ.