އެމްއޭސީއެލްގެ މުވައްޒަފުންތަކެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ އަލުން ޑޮލަރުން ދޭން ފަށައިފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ މީގެކުރީން ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ދިމާވި ޑޮލަރުގެ ތާށިިކަމުގެ ސަބަބުން، އެމްއޭސީއެލުން ވަނީ ޑޮލަރުން މުވައްޒަފުންނަށް މުސާރަ ދިނުން މަޑުޖައްސާލާފައެވެ.

ކޮވިޑް-19އިގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިސްޓުން އައުން އެއްކޮށް ހުއްޓުމަށްފަހު އަލުން ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މިމަހުން ފެށިގެން މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ އަލުން ޑޮލަރުން ދޭން ފަށައިފައިވާ ކަމަށެވެ.

ކޮވިޑަށް ފަހު އެންމެ ބާރަށް އިގްތިޞާދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ. އަދި ރާއްޖޭގެ އިގްތިޞާދު، ކޮވިޑް-19އިގެ ކުރިއަށްވުރެ މިހާރު ކުރިއަރާފައިވާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *