ހއ.ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުއަކީ 5.65 މިލިއަން ރުފިޔާއަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

އެމްޓީސީސީގެ މި މަޝްރޫޢުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 44 މީޓަރުގެ އެއްގަމު ތޮށި ލުމާއި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މީގެ އިތުރުން 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހުމާއި، ޖެޓީ ސަރަޙައްދު ޙިމާޔަތްކުރުމާއި، 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

ޖެޓީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު ކައިރި ރަށްރަށުން ހޯރަފުށީ އެއަރޕޯޓަށް އަންނަ މީހުންނަށް އެއަރޕޯޓަށް އެރުމާއި ފޭބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީން ބުނެއެވެ.

ހޯރަފުށީ އެއަރޕޯޓަކީ މި ސަރުކާރުން އެމްޓީސީސީ އާއި ޙަވާލުކުރައްވައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މި އެއަރޕޯޓާއެކު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ވަނީ ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *