ރާއްޖެ އެތެރެކުރުން މަނާ ބޭހެއް ކަމުގައިވާ "ޑެފިޓެލިއޯ" ގެ ފޯލްސިފައިޑް ބެޗްތަކެއް އިންޑިއާގައި ދައުރުވަމުންދާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވާން އެދިއްޖެއެވެ.

މި ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ބޭހެއް ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތުދެއެވެ. އެހެން ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި، އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާ ފަރާތްތަކުން ބޭސް އެތެރެކުރުމުގައި މި ބޭހާއި މެދު ސަމާލުވާން އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބޭހުގެ ފޯލްސިފައިޑް ބެޗްތަކެއް މީގެކުރިންވެސް ޔުނައިޓެޑް އަރަބި އެމިރެޓްސްއިންނާއި، ކިރްގިސްތާނުން ފެނިފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން މި މައްސަލައާއި ގުޅިގެން ނެރެފައިވާ އެލާޓުގައި ވަނީ ބުނެފައެވެ.

އަދި މި ބޭސް އިންޑިއާގައި އަންނަނީ ދައުރުވަމުން ކަމަށްވެސް ޑަބްލިއު.އެޗް.އޯގެ އެލާޓުގައި ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *