ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 8 ސެޕްޓެމްބަރު ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 32.34 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 9،735 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާރް ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ގްރޮއިން ޖެހުމާއި، 386 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 175 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، 47 މީޓަރުގެ އެއްގަމު ތޮށިލުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، 928 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މާޅެންދޫއަކީ 927 މީހުންގެ އާބާދީއެއް އޮންނަ އާމްދަނީ ހޯދުމަށްޓަކައި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވަމުން އަންނަ ރަށެކެވެ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއިއެކު ރަށް ގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މާޅެންދޫ ޖެޓީ ހަދާ ނިމުމާއިއެކު ލަފާފުރުމުގެ ދަތިތަކާއި، މާލެއިން ބަރުކޮށް އަންނަ އުޅަނދުތަކާއި އެ ރަށަށް އެކި ބޭނުންތަކަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *