ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝަރޫއުގެ އަމަލީ މަސައކަތް ފެށުމުގެ ގޮތުން 7 ސެޕްޓެމްބަރު ވީދުވަހު އެމްޓީސީން ސައިޓްވަނީ މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 28،393 ކިއުބިކް މީޓަރު ސަރަހައްދެއްގެ އައު ހާބާރ ބޭސިން ފުންކުރުމާއި، 30،480 ކިއުބިކް މީޓަރު ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 12،038 ކިއުބިކް މީޓަރު ސަރަހައްދެއްގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމާއި، 14،220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން 249 މީޓަރުގެ އެއްގަމު ތޮށިލުމާއި، 368 މީޓަރުގެ ބޭރު ތޮށިލުމާއި، 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 246 މީޓަރުގެ ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއ ހެދުމާއި، 1990 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 73.16 މިލިއަން ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *