ރ.ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް ތައްޔާރުކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ހުޅުދުއްފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސެޕްޓެމްބަރު 8 ވަނަ ދުވަހު ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރުއޫގެ އަގަކީ 29.94 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 473 މީޓަރުގެ ގްރޮއިން ޖެހުމާއި، 320 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ލޯ ކްރެސްޑެޓް ބޭރުތޮށިލުމާއި، 20،500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެއެވެ.

ހުޅުދުއްފާރަކީ 1،611 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު މިރަށު މީހުން އާމްދަނީ ހޯދުމަށްޓަކައި ބަރޯސާ ވެފައި އޮންނަނީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އިމާރާތްކުރުމުގެ ސިނާއަތަށެވެ. މި ރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޭޅިފަށް ހަލާކުވެ، އާދަޔާ ޙިލާފަށް ރަށްގިރަމުން ދާތީ ރަށުގެ މަލަމަތި ހަލާކުވެ، މިކަމުގެ ސަބަބުން ގެއްލުންވަމުންދާތީ އެވެ.

ހިމާޔަތް ކުރުމުގެ މިމަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށު ރައްޔިތުންނަށް ލިބިގެން ދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *