މިއަދު (ހޯމަ ދުވަހު) ފެށި ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އެމްޑީޕީއަށް ބަދަލުވިކަން މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ދަފުތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ތިއްބެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

އަދި އެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތައް

  • އެމްޑީޕީ: 56 މެންބަރުން
  • ޕީޕީއެމް: 5 މެންބަރުން
  • ޕީއެންސީ: 3 މެންބަރުން
  • އެމްއެންޕީ: 3 މެންބަރުން
  • ދަ ޑިމޮކްރެޓްސް: 3 މެންބަރުން
  • އެމްޑީއޭ: 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ: 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ: 13 މެންބަރުން

މި ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިގެންދާ ގޮތަށް ބަދަލު އަންނާނެ ކަމަށާއި، ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *