މާދަމާއިން ފެށިގެން މި މަސް ނިމެންދެން ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ލިންކު ރޯޑުގެ ބައެއް ސަރަހައްދުތަކުން އެއްލޭނު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް  އެންވަޔަރަމެންޓް ބުނެފިއެވެ.

ލިންކު ރޯޑުގެ ބައެއް ސަރަހައްދު ތަކުން އެއްލޭނު ބަނދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ލިންކު ރޯޑުގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ.

އެގޮތުން މާލެ-ހުޅުމާލެ ހައިވޭ އާއި ބޯށިމާ ހިނގުން ކޮންމެ ދުވަހަކު ހެދުނު 10:00 އިން 11:30 އަށް ބަންދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބޯށިމާ ހިނގުމަކީ ހުޅުމާލެއަށް ދެވެން އޮންނަ މަގެވެ.

މިނިސްޓްރީން ބުނީ މި ގަޑިތަކުގައި ހައިވޭގެ ބައެއް ލޭނުތައް ބަންދުކުރިކަމުގައި ވިޔަސް އާއްމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އެހެންވެ މި މަސައްކަތް ކުރިއަށްދާާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 5.6 މެގަވޮޓް ސޯލާ ޕީވީ ހަރުކުރާއިރު ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާ ގުޅާލާ، ކަރަންޓު އުފައްދަން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *