ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި، އެމްޑީޕީ އާއި ޕީޕީއެމްއާއެކު މަޝްވަރާކުރުމަށް 6 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވައިލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. ޕާޓީތަކާ މަޝްވަރާކުރަން ޑިމޮކްރެޓުން ނެގީ 8 މެމްބަރުންގެ ކޮމިޓީ އެކެވެ.

ކޮމިޓީގައި ހިމެނުމަށް އަފީފު ހުށަހެޅުއްވި ބޭފުޅުންނަކީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އޭނާގެ ރަނިންމޭޓް ހުސެއިން އަމްރާއި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މުހައްމަދު ޝިފާޒެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕާޓީތަކާ އެކު މަޝްވަރާކުރަން ޑިމޮކްރެޓުން ކޮމިޓީއެއް ނެގި ނަަމަވެސް މިއަދު ބޭއްވި ކައުންސިލް ބައްދަލުުވުމުގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *