އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޒަމީރު

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒަމީރު އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ޒަމީރު މިއަދު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށާއި، އެހެންކަމުން މިއީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިޔަށްދާން ޖެހޭ ވަގުތު ކަމަށެވެ.

ޖޭޕީއަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު ދެން ކުރިޔަށްދާނެ ގޮތެއް ވަރަށް އަވަހަށް އަންގާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ލިބިވަޑައިގެންފައިވަނީ އެންމެ 5460 ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *