ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން - ފޮޓޯ: ޖަޒީރާ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހު ކަމަށެވެ. ވޯޓުލުމުގެ ވަގުތު ިއތުރުކޮށްފައިވަނީ ހެނދުނު 8 ން ހަވީރު 5 އަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން މިކަން ހާމަކުރީ 9 ސެޕްޓެމްބަރު ވީ ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ވަގުތު އިތުރުކުރި ނަމަވެސް ދެވަނަ ބުރުގައި ރައްޔިތުން ލަސްނުކޮށް ވޯޓުލާން ނިކުތުމަށް އެ ބައްދަލުވުމުގައި ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ހަވީރު 5:00 އާއި ހަމައަށް ވޯޓުލާ ވަގުތު އިތުރުކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އިތުރަށް އެ ވަގުތު އިތުރުނުކޮށްދޭނެ ކަމަށެވެ.

ފުރަތަމަ ބުރުގައިވެސް ވޯޓުލާން ފަށައިގެން ވަކި ހިސާބަކަށް ދިއުމުން ވޯޓުލާ ވަގުތު އިތުރުކޮށްދިނުމަކީ ކޮމިޝަނުގެ ހަތަރު މެންބަރުންވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި، ދެވަނަ ބުރުގައިވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އިތުރު ތަނެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިނުވާ ކަމަށާއި، ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނީ ސެޕްޓެމްބަރު 15، 16، 17 މި ތިން ދުވަހު ކަމަށް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދާއި، ޑރ، މުހައްމަދު މުއިއްޒު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *