ބ. އޭދަފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނީ އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 7 ސެޕްޓެމްބަރު ގައި ސައިޓް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.

މިމަޝްރުއޫގެ ދަށުން 28،304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 402 މީޓަރުގެ އެއްގަމު ތޮށިލުމާއި، 383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1814 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްއެއް ހެދުމަށްފަހުގައެވެ.

3475 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށްޓަކީ ބ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އޭދަފުށީ ބަނދަރު މަސައްކަތް ނިމުމާއިއެކު، ލަފާފުރުމުގެ ހައްލުވެ ރަށުގެ އިގްތިސާދަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *