އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލި، ފުވައްމުލަކު ރިންގ ރޯޑް -- ފޮޓޯ: އެމްޓީސީސީ

ފުވައްމުލަކުގައި ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ބަމްޕަރެއް މައްޗަށް އަރާ ކަހާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ އެ ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، އިސްމާއިލް ހަސަން 30، އެވެ.

ފުލުހުން ބުނީ އެ ސިޓީގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާދިއްތަ ވަނަ ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އޭނާއަށް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *