އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް--- ފޮޓޯ:އެމްއެންޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒަށް ތާއީދުކުރާގޮތަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުއިއްޒަށް ތާއީދުކުރަން ނިންމީ އެމްއެންޕީން ހޯމަ ދުވަހު ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެމްއެންޕީގެ ކައުންސިލުން ނިންމީ ކޯލިޝަން ހެދުމަށް މުއިއްޒުގެ ފަރާތުން ލިބުނު ދައުވަތު ގަބޫލުކޮށް މަޝްވަރާކުރުމަށެވެ. ނަމަވެސް އެމްއެންޕީން މިކަމާބެހޭ ރަސްމީ ބަހެއް އަދި ނުބުނެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސަށް ލިބުނީ 1،907 ވޯޓެވެ.

އިންތިހާބުގެ ފުރިތަމަ ބުރު މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ.

މުއިއްޒުއާ ކޯލިޝަން ހެދުމަށް އެމްއެންޕީން ނިންމިި އިރު، މުއިއްޒު ވަނީ ގައުމު ދެކެ ލޯބިވާ ޕާޓީތަކަށް އޭނާއާއެކު ކޯލިޝަން ހަދަން ދައުވަތު ދެއްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *