ގާސިމާއި ޔާމީން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް، އެ ޕާޓީއާ އެކު މަޝްވަރާ ނުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކެރެވިފައި ނުވާތީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިޚާބު ދެވަނަ ބުރަގައި ވާދަކުރާނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ދެ ޕާޓީން ވެސް ދެވަނަ ބުރަށް ތައްޔާރުވަމުންދާއިރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޤައުމީ މަސައްކަތް ގުޅިގެން ކުރެއްވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސް ކުރައްވާ ދައުވަތު ދެއްވާފައެވެ.

އަދި ވާދަކުރައްވާ ދެ ޕާޓީންވެސް އަންނަނީ އެހެން ޕާޓީތަކާއެކުގައި މަޝްވަރާތައް ކުރަމުންނެވެ. އެހެން ނަމަވެސް މައުލޫމާތުލިބޭގޮތުގައި ކުރީގެ ރައީސް ޔާމީން ޖަލުން ފޮނުއްވި ނޯޓެއްގައި ވަނީ ޖޭޕީއާ އެކު މަޝްވަރާ ނުކުރާން އެދިލައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *