ރައީސް ސޯލިހު ކެމްޕޭނުގެ ތެރެއިން - ފައިލްފޮޓޯ

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު ލީކުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީއަކީ އަސްލުކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިޔާ ތަކަށް ކަށަވަރު ކޮށްދީފައެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރާ ދެކޮޅަށް އޮތް ގައުމެއް ކަމަށާއި އދ. ގައި މޮރިޝަސްއިން އިސްތިއުމާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސް އާއި އެއްކޮޅަށް ވޯޓުދޭނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާއި އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

އިދިކޮޅުން މީގެ ކުރިން ވަނީ އެ ސިޓީއަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.

ރައީސް މޮރިޝަޝްއަށް އެ ސިޓީ ފޮނުއްވީ 2022 ވަނަ އަހަރުގެ އޯގަސްޓު 22، ވަނަ ދުވަހުއެވެ.

ޗާގޯސް މައްސަލައިގައި މޮރިޝަސް އިން ހުށަހަޅާފައިވަނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *