ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގެ ނަތީޖާ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކުރި ވަގުތީ ނަތީޖާ

  • ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު - 101،635 ވޯޓު
  • އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ސޯލިހް - 86،161 ވޯޓު
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބް - 15،839 ވޯޓު
  • އަމިއްލަގޮތުން، އުމަރު ނަސީރު - 6،343 ވޯޓު
  • ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް - 5،460 ވޯޓް
  • އަމިއްލަގޮތުން، އަޙްމަދު ފާރިސް މަޢުމޫން - 2،979 ވޯޓު
  • އެމްއެންޕީގެ ކެންޑިޑޭޓް، މުޙައްމަދު ނާޒިމް - 1،907 ވޯޓު
  • އަމިއްލަގޮތުން، އޒ. ޙަސަން ޒަމީލް - 327 ވޯޓު

މި ނަތީޖާ އާއި އެކު އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހް އެވެ. ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 225،486 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި ހިމެނެނީ 220،651 ސައްޙަ ވޯޓެވެ. ބާތިލް ވޯޓުގެ އަދަދު އުޅެނީ 4،835 ގައެވެ. ޖުމްލަ 282،395 މީހުނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު، މީގެތެރެއިން ވޯޓުލީ 79.85 އިންސައްތަ މީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބު ގެ ރަސްމީ ނަތީޖާ، މާދަމާގެ ވަގުތެއްގައި، އިޢުލާން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *