ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވާ ފުރަތަމަ ބައްދަލުވުމެވެ. ނަމަވެސް ބައްދަލުވުމާއި ގުޅޭ ތަފުސީލު އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އެޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެކުރިން ފާސްކޮށްފައިވާ ގަރާރެއްގެ ދަށުން ކޯލިޝަން ހެދުމުގެ ބާރު އޮތީ ރިޔާސީ ކެންޑިޑޭޓަށް ދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *