މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ނަގަން ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ބައެއް މީޑިއާތަކުގައި ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އާއި ހަވާދީ ބުނެފައިވަނީ މި މައްސަލަތައް ނަގަން ނިންމީ މިވަގުތު ކަންކަން އޮމާންކޮށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ޕާލިމެންޓްރީ ގުރޫޕުގެ އަޣްލަބިއްޔަތުން، މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ފާސްކޮށްފައިވާ ކަމަށް ހަބަރުލިބެއެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން މިކަން މިގޮތަށް ނިންމިއިރު މަޖިލީހުން ވަނީ މާދަމާގެ ޖަލްސާއަށް، ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. ޕީޖީ ގުރޫޕުގެ މި ނިންމުމާއިއެކު ދެން މި ދެ މައްސަލަވެސް މާދަމާގެ ޖަލްސާގައި ކުރިޔަކަށް ނުގެންދެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *