ކްރިމިނަލް ކޯޓު

މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި މޫސާ އާޒިމް އާއި މުހައްމަދު ހާނިމްގެ މައްޗަށް އުފުލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާއެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ސަފާ ފުރުވާލީ ފެބްރުއަރީ 2014 ގައެވެ. އޭނާ އަނބުރާ ރާއްޖެ ގެނައީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ސްރީލަންކާއަށް ގޮސް ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 11:00 އަށެވެ. މި އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ސަފާ ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ 2015 ވަނަ އަހަރު ބާތިލްކޮށްފައެވެ. މި މައްސަލައިގައި އާޒިމް އާއި ހާނިމަށް ދައުވާކުރީ 2018 ވަނަ އަހަރު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *