ލާމު ލިންކް ރޯޑުގައި ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓއެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ ސައިކަލު ދުއްވި އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މިހާ މަރުވީ ރޭ ދަންވަރު 1:51 ހާއިރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ފުލުންހުން ބުނީ މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 6:25 ގައި ކަމަށާއި އެކްސިޑެންޓު ވި މީހުންގެ ތެރެއިން ކާރު ދުއްވަން އިން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެންމީހާއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ރިޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި މަރުވި މީހާގެ އަތުގައި ސައިކަލުދުއްވުމުގެ ލައިސެންސް އޮތް ނަމަވެސް ކާރު ދުއްވަން އިން 28 އަހަރުގެ ފިރިހެން މިހާ އަތުގައި ކާރު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *