ހަނދު މިހާރު ދަނީ ދުނިޔެ އާ މަޑުމަޑުން ދުރުވަމުން ކަމަށް އެންމެ ފަހުގެ ދިރާސާއަށް ފަހު އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި ހަނދު ދުނިޔެއާއި ދުރުވަމުން ދަނީ ކޮންމެ އަހަރަކު 3.8 ސެންޓިމީޓަރުގެ ދުރުމިނަކުން ކަމަށް ނާސާއިން މައުލޫމާތުދެއެވެ. ނޭޝަނަލް ރޭޑިއޯ އެސްޓްރޯނޮމީ އޮބްޒަވޭޓްރީ (އެންއާރްއޭއޯ) ގެ މާހިރުން ވިދާޅުވާގޮތުގައި، އެޕޯލޯ މިޝަންގައި ހަނދުގައި ބެހެއްޓިފައިވާ ރިފްލެކްޓިވް ޕެނަލްތަކުގެ އެހީގައި ދުނިޔެ އާއި ހަނދާއި ދޭތެރޭގައިވާ ދުރުމިން މޮނީޓަރ ކުރެވޭ ކަމަށާއި މިހާރު އައިސްފައިވާ ބަދަލާއިއެކު ދުނިޔޭގެ ގިނަ ސައިންސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ނާސާގެ ދިރާސާވެރިންނާއި ސައިންސްވެރިން ބުނީ މީގެ ގާތްގަނޑަކަށް 2.46 ބިލިއަން އަހަރު ކުރިން މިހާރަށްވުރެ ހަނދު ދުނިޔެއާއި، 60،000 ކިލޯމީޓަރު ކައިރި ކަމަށެވެ. މީގެ މާނައަކީ އެއްއިރެއްގައި ދުނިޔެގައި 17 ގަޑި އިރު ދުވާލުގެ އިރުގެ އަލިކަން ލިބޭ ޒަމާނެއްވެސް ދިޔަ ކަމެވެ. ނާސާއިން ބުނީ ހަނދު ދުނިޔެ އާއި ދުރުވާނެކަމަށް ކުރިންވެސް ބައެއް ސައިންސްވެރިން ލަފާކޮށްފައިވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް މިބަދަލު އައުމުން ސައިންވެރިން ތިބީ އަޖައިބުވެ އަންތަރީސްވެފައި ކަމަށެވެ.

ނާސާގެ ސައިންސްވެރިން ބުނީ ހަނދު ދުރަށް މި ދަނީ "މިލާންކޮވިކް" އޭ ކިޔާ ކަމެއްގެ ސަބަބުން ކަމަށާއި އެއީ ދުނިޔެ އިރުގެ ވަށައިގެން ދައުރު ކުރަމުން ދާއިރު ދުނިޔެއަށް ލިބޭ އިރުގެ އަލިކަމުގެ މިންވަރަށް އަންނަ ބަދަލެއް ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ހިލާފަށް މާބޮޑަށް ހޫނުގަދަވެ ނުވަތަ މާބޮޑަށް ވާރޭވެހުން ފަދަ ކަންކަމާއި ކުރިމަތިވާނެ ކަމަށް ނާސާއިން ބުނެއެވެ.

މިގޮތުން ހޫނުގަދަކަމަށް މަޝްހޫރު "ސަހާރާ ޑެޒާޓްގައި" ވާރެވެހި ކުއްލިއަކަށް ގަސްފަޅާ ފެހިވުމަކީވެސް ހަނދާއި ދުނޔޭގެ ދުރުމިނަށް އަންނަ ބަދަލަކުން ވާކަމެއްކަން ނާސާއިން ވަނީ ފާހަގަކޮށްފައިވެއެވެ.

ނާސާއިން ބުނީ މި ދައުރުތަކުގެ އަސަރު ވަރަށް ރަނގަޅަށް އިތުރަށް ދެނެގަނެ ދިރާސާކުރަން އަދިވެސް ޖެހޭނެ ކަމަށެވެ. ދުނިޔެއަށް މިކަމުގެ ސަބަބުން ކޮށްފާނެ އެންމެ ބޮޑު އަސަރެއްކަމަށް ފާހަގަކޮށްފައިވަނީ ކަނޑުގެ ދިޔަވަރަށް އަންނަ އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކާއި އެކަމުގެ ސަބަބުން ވާނެ ގެއްލުންތަކުގެ މައްޗަށެވެ.

ހަނދު ދުނިޔެ އާއި ދުރަށް ދާވަރަކަށް އުފެދޭ ދަމައިގަތުމުގެ ބާރެއްގެ ސަބަބުން ދިޔަވަރު ބޮޑުވެ، އުދައެރުން ގިނަވެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަންވެސް ހީނަރު ވެގެންދާނެކަމަށް ނާސާއިން ބުނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *