އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް

އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު 2018ވަނަ އަހަރަށްވުރެ 10 އިންސައްތަ ދަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންންކަމަށެވެ. އެއީ 224،786 މީހުންކަމުން އެހެން ރިޔާސީ އިންތިހާބުތަކަށް ވުރެ ވޯޓުލީ މީހުންގެ ނިސްބަތް މިފަހަރު މަދުކަން ހަބީބް ފާހަގަ ކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުގެ އިންތިހާބުގެ ، ވޯޓުލެވޭ 239،165 މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި 208،504 މީހުން (87.2 ޕަސެންޓު މީހުން) ވޯޓުލިއިރު، ދެވަނަ ބުރުގައި 218،619 މީހުން (91.4 ޕަސެންޓު މީހުން) ވޯޓުލާފައިވެއެވެ. އެހެންކަމުން ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގައި އެ އަހަރު ވޯޓުލީ މީހުން ވަނީ އިތުރުވެފައެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ އަހަރު ވޯޓުލެވޭ 262،135 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 233،889 މީހުންކަމަށްވާއިރު މިއީ ވޯޓުލި މީހުންގެ ނިސްބަތުން ބަލާ ނަމަ 89.2 ޕަސެންޓެވެ. އަދި 2013 އާ އަޅާކިޔާ ނަމަ އެއީ ދެ ޕަސެންޓު މަދު އަދަދެކެވެ.

މި ފަހަރުގެ އިންތިހާބުގައި 65،000 އާއި 70،000 އާ ދެމެދުގެ މީހުން ވޯޓުލުމުގައި ބައިވެރިނުވާކަން ފާހަގަކޮށްލާ ހަބީބު ވިދާޅުވި މިއީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ ފަހަރުކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *