ރިޔާސީ އިންތިޚާބުގެ ނަތީޖާ އައިއިރު، ވިސްނިފައި ނެތް ކަންތައްތަކެއް ހިނގައްޖެ ކަމަށާއި، އެކަންކަމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ކެމްޕެއިން އޮފީސް ސަރަހައްދުގައި ހުންނަވާ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އިންތިހާބާ ކުރިމަތިލީއިރު ވިސްނި ވަޑައިގެންފައި ނެތް ބައެއް ކަންކަން ހުރި ކަމަަށާ އެކަންކަމަށް ދެވަނަ ބުރުގައި ވިސްނަވާ ތައްޔާރުވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރަން އިތުރު ޕާޓީތަކާ ގުޅެންޖެހޭ ކަަމަށާ އެހެންކަމުން އެ މަސައްކަތް އެމަނިކުފާނު ކުރަށްވާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މި ގެންދަނީ،"

ރިޔާސީ އިންތިޚާބުގައި 101،180 ވޯޓާއެކު ކުރި ހޯއްދަވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ. އެއީ ވޯޓުލީ މީހުންގެ 46.02 އިންސައްތައެވެ. ދެވަނަ ލިބިވަޑައިގަތީ 85،935 ވޯޓާއެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *