މުއިއްޒު އާއި އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލެއްވުން

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއިން ޕީއެންސީ އާއި އެމްޑީޕީން ކުރި ހޯދާ ދެވަނަ ބުރަކާއި ގާތަށް ޖެހިއްޖެއެވެ.

މި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ.  އެހެންނަމަވެސް މިއީ އެންމެ ގިނަ އަދަދެއްގެ ރިޔާސީ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބެވެ.

މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާއިން މިހާތަނަށް އެންމެ ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒު އެވެ. ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 45 އިންސައްތަ ވޯޓެވެ. ދެވަނައިގައި އުޅުއްވާ، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 40 އިންސައްތަ އެވެ.

ތިންވަނައިގައި އުޅުއްވަނީ 6 އިންސަތަ އާއި އެކު ދަ ޑިމޮކްރެޓްސްގެ އިލިޔާސް ލަބީބެވެ. ތިން ވަނައިގައި އުޅުއްވަނީ 2.78 އިންސައްތަ އާއި އެކު އުމަރު ނަސީރެވެ.

މިހާތަނަށް ގުނިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ޑރ. މުހައްމަދު މުއިއްޒަށް 73،655 ވޯޓް ލިބިވަޑައިގެންފައިވާއިރު، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 64،685 ވޯޓެވެ. ތިން ވަނައިގައިވާ އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައިވަނީ 10،937 ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *